މާރިޗު 25 ވަނަ ދުވަހުގެ ހެނދުނު 06:20 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗަރ ހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރި ފުލުހަކު ސަސްޕެންޑްކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު، ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސިލްވަރނެސްޓް / މާލެ، އަޙްމަދު އަފްސަލް (45 އ) އާއި ދަފުތަރު ނަންބަރު އާރްއެސް 14358 / މާލެ، ޔޫސުފް ނަޒީރު (38 އ) އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި ސާޖަންޓް ޔޫސުފް ނަޒީރު، މާރިޗު 26 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން