އައްޑޫ ސިޓީ އަށް ދިމަވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީއަށް މުޅިން އައު ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
މިގޮތުން އައްޑޫއަށް އައު ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް މާލޭގައި ކުރަމުންދާކަން "ސަބަބު" އަށް ވަނީ ކަށަވަރުވެފައެވެ.
ފެނަކައިން ރޭ ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަން ގެ 03 އިންޖީނެއް މަރާމާތުކުރުމުގެ މަސައްކަތް މިވަގުތުވެސް ކުރެވެމުންދާ ކަމަށެވެ.
އައްޑޫ ސިޓީން މި ރޯދަ މަހުވެސް އިންޖީނުތައް މަރާމާތުކުރުމަށް ކަރަންޓްު ކަނަޑަން ޖެހެއެވެ. އިއްޔެވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހުނެވެ. އޭގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކައިން ބުނަނީ އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ޒަމާންތަކެއް ވަންދެން އިންޖީނު މަރާމާތުނުކުރުމުގެ ސަބަބުން މައްސަލަ ދިމާވެގެން ކަމަށެވެ. މި މައްސަލަތައް ހައްލުކޮށް، އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން