މިއަހަރު ރާއްޖޭގެ ހުރިހާ އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ، ނަމަވެސް ލައިބްރަރީ ހުރީ ނެތިވެ ގޮސްފައިކަމަށެވެ. ލައިބްރަރީ ނެތްާ 10 އަހަރުވެފައިވާ ކަމަށާއި، އެ ލައިބްރަރީ އަލުން ސަލްމާން މިސްކިތުގައި މިއަހަރުގެ މެއި މަހު ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ، ނަމަވެސް...
Posted by މުޙައްމަދު ޝަހީމް ޢަލީ ސަޢީދު on Monday, March 24, 2025
''ލައިބްރަރީ ނެތި 10 ވަރަކަށް އަހަރު ފާއިތުވީ. ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެ. މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން' ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢިދު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިމަހުވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތް އެޅުމާއި އިސްލާމީ މަރުކަޒު އެޅުމަށް ސަރުކާރު ކުންފުނިތަކާއި ޙަވާލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން