ކުލަސްޓަރ 3 ގައި ހިމެނޭ ބައެއް ރަށްތައް ދިއްލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ކުލަސްޓަރ 3 ގައި ހިމެނެނީ މާލެއަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮލު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު، އިސްމާޢީލް ނާފިޢު އާ ހަވާލާދީ އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އއ. ރަސްދޫގައި ލައިޓް ހަރުކުރުމުގެ މަސައް މީގެ ދެތިން ދުވަސް ކުރިން ފެށިގެން އަންނަނީ ކުރަމުންނެވެ. އެ ރަށުގައި ބޮކި ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައެވެ.
މީގެ އިތުރުން، އދ. މަހިބަދޫގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، މުލީގެ މަސައްކަތް ލަސްވެގެން އަންގާރަ ދުވަހު އަދި ކ. ތުލުސްދޫއާއި، ފ. ފެލިދޫގެ މަސައްކަތްވެސް މިއަދު ފެށޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ކުލަސްޓަރ 3 އިން މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫއާއި، ކ. މާފުށްޓާއި، އއ. ތޮއްޑޫއާއި، އއ. އުކުޅަހާއި، އދ. މާމިނގިއްޔާއި، އދ. އޮމަދޫއާއި، ވ. ފުލިދޫއާއި، ވ.ކެޔޮދޫއާއި، މ. މުލަކާއި އަދި މ. ކޮޅުފުށްޓެވެ.
އެ ވުޒާރާއިން ބުނީ އަލަށް ދިއްލާ ރަށްތަކަށް ބޭނުންވާ ލައިިޓާއި، ގިޑިގެއާއި އަދި ސައުންޑް ސްޕީކަރުތައް މިއަދު ރަށްރަށަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ.
މި ލިޔުން ކިޔާލުމުން