އޮރެންޖް ހިޔާއަށް ހާއްސަ ބަސް ސްޓޮޕެއް ހަމަޖައްސާ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރައްވާފައިވަނީ މިއަދު ހުޅުމާލެ "އޮރެންޖް ހިޔާ" އިމާރާތް ބައްލަވާލައްވަން ކުރެއްވި ޒިޔާރަތަށް ފަހު ދެއްވި ޚާއްޞަ އިންޓަވިއުއަށްފަހުގައެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގެ ތެލަސީމިއާ ސެންޓަރަކީ ޖާގައިގެ ގޮތުން ބޮޑުވެފައި ވަސީލަތްތައް ފުރިހަމަވާނެ ކަމަށާއި އެތަނަށް މަސައްކަތްތައް ބަދަލުކުރައްވާނީ ރަނގަޅު ހިދުމަތްތަކާއެކު ކަމަށެވެ. އަދި އެތަނަށް ޚިދުމަތް ބަދަލުކުރަންވާއިރަށް އޮރެންޖް ހިޔާއަށް ޚާއްޞަ ބަސް ސްޓޮޕެއް ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
''ހުޅުމާލޭގަ މިތަން ހެދިގެން ދާއިރު މިތަނަށް ޓްރާސްޕޯޓް މުހިއްމުވާނެ. އެހެންވީމަ އެކަމަށް ފަސޭހަ ގޮތްތަކެއް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު ވާނީ ކަނޑައަޅާފަ. މިތަނަށް ހާއްސަ ބަސް ސްޓޮޕެއް ހަމަޖެހިގެންދާނެ އަދި ބައެއް ލުއިތަކާއި ވަރަށް މުހިއްމު ކަންތައްތަކެއް ވާނީ ނިންމާފަ" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މިއަދު ވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އިރުޝާދުދެއްވާފައެވެ. އަދި، ބަލި މީހުންނާއި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު ވަނީ އިރުޝާދުދެއްވަވާފައެވެ. އެމަނިކުފާނު މިއަދު ވިދާޅުވީ ތެލެސީމިއާ ކަންކަމުގައި ހުރި ހުރިހާދަތި ކަމަކަށް ހައްލު ގެނެސްދެއްވާނެކަމަށެވެ.
މި ލިޔުން ކިޔާލުމުން