ތެލަސީމިއާ އަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކުން ކަންބޮޑުވުން ފާޅުކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވިއަން ބްލަޑްސް ސަރވިސަސް (އެމްބީއެސް) އަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.
މިއަދު ހެނދުނު އެމްބީއެސް އަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ އެ ތަނުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ބައްލަވާލައްވައި، އެ ވަގުތު ޚިދުމަތް ހޯދަމުންދިޔަ ބަލިމީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވައިފައެވެ.
މީގެ އިތުރުން ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޢާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރެއިން މިވަގުތުން ފެށިގެން ހައްލުކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް، ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވައިގެން ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ފަށައިފައެވެ.
ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވި ނަމަވެސް، މިހާރު ހުރި ހުރިހާ މައްސަލަތަކެއް ހައްލު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން