ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ.…
— STELCO (@STELCOMALDIVES) March 23, 2025
ސްޓެލްކޯ އިން ދަނީ ދިމާވި މައްސަލަ ދެނަގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އަދި ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އެ ސަރަހައްދަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން