ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި، ފާހަގަކޮށްލެވޭ ހެއު ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ.
ތިލަފުށީގައި ކުރެވިފައިވާ މަސައްކަތަށް ބަލާއިރު ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްޤީކޮށްފަ އެވެ.
ރައީސްގެ މިއަދުގެ ޒިޔާރަތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް ވެމްކޯގެ މެނެޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް އަދި ބައެއް ވަޒީރުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.












މި ލިޔުން ކިޔާލުމުން