ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕާއި ވޭޕް ބޭނުންކުރާ ސާމާނު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2،062 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ. މިގޮތުން އަތުލައިގަތް ތަކެތީގެ ތެރޭގައި 1،714 ނެނޯ ސްޓިކް، 200 ޓެރިއާ ސްޓިކް، 97 ލެބަރން ކާޓްރިޖު، 50 ވީމޭޓް ކާޓްރިޖް އަދި 2 ވޭޕް ފްލޭވަރ ލިކުއިޑް ފުޅި ހިމެނެއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސްއިން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން