މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ވައްކަމުގެ 147 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރޯދައިގެ ފުރަތަމަ 10 ގައި ޖުމުލަ 692 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.
އެގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 153 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ވައްކަމާގުޅޭ 147 މައްސަލަ އާއި މަސްތުވާތަކެތީގެ 110 މައްސަލައެއް މި މުއްދަތުގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ހަމަލާދިނުމާ ގުޅޭ 40 މައްސަލައަކާއި، ތަކެއްޗަށް ގެއްލުން ދިނުމާ ގުޅޭ 48 މައްސަލައާއި، ފޭރުމުގެ 8 މައްސަލައާއި، ކައުންޓަރފިޓް އެންޑް ފޯޖަރީގެ 8 މައްސަލައަކާއި އެމްބެޒަލްމަންޓްގެ 13 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.
އަދި ގެވެށި އަނިޔާއާ ގުޅޭ 19 މައްސަލައާއި ބިރުދެއްކުމާ ގުޅޭ 38 މައްސަލައާއި 7 ސައިބަރކްރައިމްގެ މައްސަލައިގެ އިތުރުން ސްކޭމްގެ 70 މައްސަލަ، ޖިންސީ ގޯނާގެ 15 މައްސަލަ އަދި ކުޑަކުދިންނަށް ގޯނާކުރުމުގެ 16 މައްސަލައެއްވެސް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން