ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް، 10 ވަނަ ރައިސީނާ ޑައިލޮގް ގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާ އަށް ކުރެއްވެވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ނިއުދިއްލީން މިއަދު ފުރައިވަޑއިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ އެސް ޖައިޝަންކަރުއާއި ބައްދަލުކުރެއްވިއެވެ. އަދި ރައިސީނާ ޑައިލޮގްގެ ތެރެއިން ބޭއްވި ހައިލެވެލް ޕެނަލް ޑިސްކަޝަން “ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިންގް" ގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި 10 ވަނަ ރައިސީނާ ޑައިލޮގްގް ބައިވެރިވެވަޑައިގެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިންނާއި ހަވާސާގައި ބައްދަލުކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ.
އެމަނިކުފާނަށް ދިއްލީން އަލްވަދާއު ދެންނެވީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢާއިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.
މި ލިޔުން ކިޔާލުމުން