ހިޔާވަހި ފައިނޭންސިން ސްކީމް ގެ ދަށުން ދޫކުރާ ހައުސިންގ ލޯނަށް އެދުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.
މިދިޔަ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހުޅުވާލި އެ ފުރުސަތު ކުރިން އޮތް ގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހު ހަމަވާނެ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނީ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ކަމަށެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގެދޮރު އަލަށް އިމާރާތްކުރުމާއި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ލޯނެކެވެ.
މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ހިޔާވެހި ޕޯޓަލް މެދުކޮށެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރަން ހަމަޖެހިފައިވަނީ ތިން މިލިޔަން ރުފިޔާއާ ހަމައަށް.
މި ލިޔުން ކިޔާލުމުން