ރާއްޖޭގެ އުތުރުގެ ހުރިހާ ރަށަކަށް މޫސުން ގޯސްވެއްޖެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ އެންމެ އުތުރަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެފައިވަނީ މިއަދު ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ.
Heavy rain and thunderstorms expected pic.twitter.com/dHt5K3XPTx
— Maldives Meteorology (@MetMaldives) March 18, 2025
މުސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ މިއަދު ތިން ގަޑި ސާޅީސް ފަހަކުން ފެށިގެން މުޅި ހއ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންވެސް ބޮޑުވިއެވެ.
މި ލިޔުން ކިޔާލުމުން