ރާއްޖޭގެ ހަތަރު ރަށެއްގައި އެކްސްރޭ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްްޓްރީން ވިދާޅުވީ އެކްސްރޭ ޚިދުމަތް މުޅިން އަލަށް ފެށުމަށް ނިންމާފައިވާ ރަށްތަކަކީ، ނ.ހޮޅުދޫ، ނ.ވެލިދޫ، ށ.މިލަންދޫ، އަދި އދ.މާމިގިލިއެވެ.
މި ރަށްތަކުގައި މި ޚިދުމަތް ފެށުމަށް ނިންމާފައިވާއިރު، އިދާރީ އެންމެހާ މަސައްކަތް ނިންމާ، އަންނަ މަހު އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެގޮތުން މި ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖިނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދިއުން މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މި ލިޔުން ކިޔާލުމުން