މެދުރާއްޖެތެރޭގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ހާމަކޮށްފައިވާ ގޮތުން ނ. ހޮޅުދޫގައި މިހާރު ކުރެވެމުންދަނީ މުޙައްމަދު ރާޝިދު ހިނގުމުގައި މަގުބައްތީގެ ފައުންޑޭޝަން އިންސްޓޯލްކުރުމުގެ މަސައްކަތާއި، ބޮޑުތަކުރުފާނު މަގުގައި ބެކް ފިލިންގެ މަސައްކަތެވެ.
ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް.#RoadhaigeRoohu #TeamRDC pic.twitter.com/9zFDg1KxkA
— Road Development Corporation Ltd (@rdcmaldives) March 18, 2025
މީގެ އިތުރުން އެ ކޯޕަރޭޝަނުން ބުނީ ޅ. ހިންނަވަރުގައި މިހާރު ކުރެވެމުންދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ރަށްދެބައި މަގުގައި ދުވާރު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި އދ. މާމިގިލީގައި ކުރިއަށްދަނީ ރޯޑް 09 ގައި ކޯނަރ ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން ކަވަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކަމުގައި އެ ކޯޕަރޭޝަނުން ބުންޏެވެ.
އާރްޑީސީން ދަނީ މެދުރާއްޖެތެރޭގެ ހަތް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ނ. ހޮޅުދޫ އާއި، ނ. ވެލިދޫ އާއި، ޅ. ހިންނަވަރާއި، މ. މުލަކާއި، އއ. ތޮއްޑޫ އާއި އދ. މާމިގިލީގެ އިތުރުން ދ. ކުޑަހުވަދޫއެވެ.
މި ލިޔުން ކިޔާލުމުން