ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ފަނޑިޔާރުކަމުގައި ހުންނެވި އަލްއުސްތާޛު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި އިރު ޖޭއެސްސީން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ދިޔައީ ބަލަމުންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ.
ރައީސް މުއިއްޒު ފޮނުއްވި ނަމަށް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ކަމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. އޭނާ ހޮވުމަށް ފެންނަ ކަމަށް ކޮމެޓީގެ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ.
މި ލިޔުން ކިޔާލުމުން