ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށް، އޭނާގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފިއެވެ.
މިގޮތުން ފުލުހުން ހޯދަމުންދަނީ މުޙައްމަދު ތިބްޔާން ޝަހީން، ގ. ސީވޭވް/މާލެ (24އ) އެވެ.
އޭނާ ހޯދަމުންދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންވާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ، މުޙައްމަދު ތިބްޔާން ޝަހީން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން