ހުޅުމާލޭ މަގުމަތީގައި ގިނަދުވަސްވަންދެން ބޭނުން ނުކޮށްހުރި އުޅަނދުތައް ނަގައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދިން ގޮތުގައި މާލޭގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ރޭ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި މަގުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މާލޭގެ މަގުތަކަކީ ހިނގާ ބިނގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗިއްސަށް ރައްކާތެރި އަމާން ތަނަކަށް ހެދުމަށް މި މިނިސްޓްރީ އިން އިސްނަގައިގެން ކަމާއި ގުޅުންހުރި މުއައްސަސާތަކައި ގުޅިގެން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން 2025 މާރިޗް 16 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފޭސް 1… pic.twitter.com/FFboGnO967
— Ministry of Transport and Civil Aviation (@MoTCAmv) March 17, 2025
އެގޮތުން ގިނަދުވަސްވަންދެން ބޭނުން ނުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ވެހިކަލްތަކާއި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ގޮތަށް މަގުތަކުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް އެތަންތަނުން ނެގިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސިޓީ ކައުންސިލުންވެސް ވަނީ ރަމަޟާން މަހަށް ހާއްޞަކޮށްގެން ވެސް މާލޭގެ މަގުމަތީގައި ހުރި ގިނަ ދުވަސްވީ ވެހިކަލްތައް ނަގަންފަށާފައެވެ.
މި ލިޔުން ކިޔާލުމުން