ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ހއ.ފިއްލަދޫ އަދި ރ.ހުޅުދުއްފާރު ސުކޫލްގެ މަސައްކަތް ނިންމުމަށް ތަޢުލީމީ ވުޒާރާއިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަޢުލީމީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
ރާއްޖޭގެ 18 ރަށެއްގެ ސުކޫލްތަކުގައި ނުނިމިހުރި މަސައްކަތްތަކުގެ ތެރެއިން ހއ.ފިއްލަދޫ އަދި ރ.ހުޅުދުއްފާރު ސުކޫލްގެ މަސައްކަތް ނިންމުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން މި ކޯޕަރޭޝަނާއި އެކު ވަނީ އެއްބަސް ވުމެއްގައި ސޮއި ކުރެވިފައެވެ.#RoadhaigeRoohu #TeamRDC pic.twitter.com/0KuXqxNKGg
— Road Development Corporation Ltd (@rdcmaldives) March 16, 2025
މީގެ އިތުރުން 16 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން