ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި 'ދަ ގާޑްންސް' ފްލެޓުތަކުގެ މަސައްކަތް ނިންމަން ފަހު ފުރުސަތު ދިނުމުން ވެސް މަސައްކަތް ނުނިންމާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުންޏާއެކު ހަދައިފައިވާ އެއްބަސްވުން އެންމެ ފަހުން ބާތިލުކޮށްފިއެވެ.
އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތް ނިންމަން އެކި ފަހަރު ދިން މުއްދަތު ހަމަވީއިރުވެސް މަސައްކަތް ނުނިންމާތީ އެ މުއްދަތުގެ ތެރޭގައި، އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރި މުއްދަތުގައި ޖާހުއިން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އިއްޔެ އެ ކުންފުންޏަށް އަންގައިފައިވާ ކަމަށެވެ.
އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ އެޗްޑީސީން ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޖާހު ކުންފުނިން ފްލެޓުތައް ނުނިންމައި ގިނަ ދުވަސްވެފައިވާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވާ މައްސަލައިގައި ގެއްލުންވީ ރައްޔިތުންނަށް ބަދަލުދޭން އެދި ޖަނަވަރީ 19ގައި ރައީސް އޮފީހަށް އެ މީހުންގެ ފަރާތުން ސިޓީއެއް ވެސް ހުށަހަޅާފައިވެއެވެ.
މި ލިޔުން ކިޔާލުމުން