މާާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، މުދާތައް ނީލަން ކިޔުން މިމަހުގެ 26 ގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނީ މުދާ ބެލުމަށް ނަން ނޯޓް ކުރުން މާރޗް 25 ވަނަ ދުވަހު 13:30 ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް އެދެންވާނެ ކަމަށެވެ. އަދި މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައި ކަމަށްވެސް ޕޯޓްސް އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން އޮކްޝަން ގައި ބައިވެރިވެވޭނީ ޕޯޓަލް އަށް ސަބްސްކްރައިބް ކުރާ ފަރާތްތްކަށެވެ.
މީގެ އިތުރުން ނީލަން ކިޔުން 2025 މާރޗް 26 ވާ ބުދަ ދުވަހުގެ 14:00 އިން 2025 މާރޗް 27 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކުރިއަށް ދާނެ ކަމަށާއި ނީލަމުން ނަގާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ކަމަށް ޕޯޓްސް އިން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން