މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މި ރޯދަމަހުގެ ފަހު 15ގައި އުމަރާއަށްދާ ބައިވެރީން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ރޭ ފަތިހު ފުރައިފިއެވެ.
ރޭ ފަތިހު ސައުދީ އަރަބިއާގެ ފްލައިޓަކުން ފުރި އުމުރާވެރިން މިހާރު ތިބީ ޖިއްދާގައި ކަމަށް ހައްޖުކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ފަހު ފަނަރައިގައި 364 އުމްރާވެރީން ފުރިއެވެ. މި ރޯދަމަހުގައި އުމުރާއަށް ދިޔަ އެހެން އަމުރާވެރިންނާއި އެކު 600 އަށް ވުރެ ގިނަ އުމުރާވެރިން ސައުދީއަރަބިޔާގައި މިހާރު އެ ބަތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މިއަދު އެހެން ގްރޫޕްތަކުގެ ހަވާލުގައި ގިނަ ބަޔަކު ވަނީ އުމުރާއަށް ފުރާފައެވެ.
ސަރުކާރުން މިއަހަރު ވަނީ ރަމަޟާންމަހު އުމުރާއަށް ދާ އުމުރާވެރިންގެ ޑެބިޓް ކާޑަށް 1500 ލިމިޓެއް ދޭން ނިންމާފައެވެ. އަދި ފަސޭހައިން ޑޮލަރު ނެގޭނެ އިންތިޒާމްވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހަމަޖައްސާފައެވެ.
މި ލިޔުން ކިޔާލުމުން