ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެއް ކަމުގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޒާތީވުމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން ނަގާލާ، އިޖުތިމާޢީ ފޭރާން ފަސާދަކުރާނެ ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި…
— Hussain Mohamed Latheef (@HucenSembe) March 15, 2025
މިގޮތުން ނައިބު ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައްވެސް ވާންޖެހޭނީ ޕްރޮފެޝަނަލް، އަދި ރައްޔިތުންނަށް ނަމޫނާ ޙަރަކާތްތަކަށް ކަމަށާއި، އެންމެން ގުޅިގެން މަސައްކަތް ކުރަންވާނީ މުޖުތަމަޢުގެ ޤަދަރާއި ކަރާމާތް ރައްކާތެރިކުރުމަށް ކަމަށެވެ.
"މިއީ ދުޅަހެޔޮ، ކުރިއަރާފައިވާ ޤައުމެއް ބިނާކުރުމުގެ އަސާސް"، ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ އިތުރުން ގިނަ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން