ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުތަކުގައި ހިމެނޭ އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ސޮއިކުރުން މިއަދު އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަދު ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:
- ލ. މައިބާދޫ ( ޤުރުއާނާ ބެހޭ މަރުކަޒް)
- ޅ. އޮޅުވެލި ފުށި. ޤުރުއާން މަރުކަޒު)
- ށ. ނޫމަރާ، (މިސްކިތް)
- ހދ. ނެއްލައިދޫ، (މިސްކިތް)
- ތ. ހިރިލަންދޫ (މިސްކިތް)
- ރ. އިނގުރައިދޫ (މިސްކިތް)
- ސ. ފޭދޫ (މިސްކިތް)
- ބ. ކުޑަ ރިކިލު (މިސްކިތް)
- ނ. ހެނބަދޫ، (މިސްކިތް)
- ހއ. އުތީމު (މިސްކިތް)
- ތ. ވޭމަންޑޫ (މިސްކިތް)
- ށ. ފޯކައިދޫ (އިސްލާމީ މަރުކަޒު)
- ބ. މާޅޮސް، (މިސްކިތް)
- އއ. ފެރިދޫ (މިސްކިތް)
- ހއ. ބާރަށް (މިސްކިތް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެލައްވާފައިވާ ގިނަ ކަންކަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
އޭގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޙަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކިޔާލުމުން