ޒާތީ ނުވެ ސިޔާސީ ވެވިދާނެ ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
މިގޮތުން ޝަމްޢާން ވަނީ ޚާއްޞަކޮށް ސިޔާސީ ބޭނުމަށް ސިޔާސީ މައިދާނުގައި އެއްގޮތަކަށްވެސް ނޫޅޭ ކުޑަ ކުދިންނާއި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވާ ނުލުމަށް ގޮވާލައްވައިފައެވެ.
ޒާތީ ނުވެ ސިޔާސީ ވެވިދާނެ. ހާއްސަކޮށް ސިޔާސީ ބޭނުމަށް ސިޔާސީ މައިދާނުގައި އެއްގޮތަކަށްވެސް ނޫޅޭ ކުޑަ ކުދިންނާއި އަންހެން ކަނބަލުންގެ ކަރާމާތް ގެއްލުވާ ނުލައްވާ. ތިޔަ ސެޓް ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް އަދި ދައްކުވައި ދެވެނީ ވަރަށް ގޯސް މިސާލެއް.…
— Mohamed Shamaan Waheed (@ShamaanW) March 14, 2025
"ތިޔަ ސެޓް ކުރެވެނީ ވަރަށް ނުބައި ޓްރެންޑެއް އަދި ދައްކުވައި ދެވެނީ ވަރަށް ގޯސް މިސާލެއް. ތަހުޒީބު ވާންވީ ފިކުރާއި ވިސްނުން"، ޝަމްޢާން ވިދާޅުވިއެވެ.
ޝަމްޢާން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ގިނަ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން