މި އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ދިގު ޗުއްޓީއެއް ލިބޭނެ ގޮތަށް، ސަރުކާރު ބަންދު ދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުން 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާޗު މަހުގެ 30 ވަނައަށްވާ އާދީއްތަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ނިންމައިފިނަމަ، ފިޠުރު ޢީދުގެ ތިން ދުވަހުގެ ގޮތުގައި މާޗު 30 ވަނަ ދުވަހާއި، 31 ވަނަ ދުވަހާއި އޭޕްރީލު އެއްވަނަ ދުވަހުގެ އިތުރަށް އޭޕްރީލު ދެވަނައަށްވާ ބުދަދުވަހާއި، އޭޕްރީލު ތިންވަނައަށްވާ ބުރާސްފަތި ދުވަހަކީވެސް ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވެއެވެ.
މިގޮތަށް މުޅި ހަފުތާ ބަންދުވާނެހެން ރައީސް ނިންމެވީ ފިޠުރު ޢީދާ ގުޅިގެން އާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް، މެދުނުކެނޑޭނެ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވަންކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ބުނެފައިވެއެވެ.
އެހެންވެ، މި މަހު 20 ވަނަ ދުވަހު ފަހު 10 އަށް ބަންދުވާ ގޮތަށް ސަރުކާރު އޮފީސްތައް ދެން ހުޅުވޭނީ އަންނަ އޭޕްރީލް މަހުގެ މަހު ހައެއްގައެވެ.
މި ލިޔުން ކިޔާލުމުން