މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާނިވާ ސަރަހައްދުގައި ޢިމާރާތް ކުރެވިފައިވާ ސްޓޭޖު ތަޅާލުމަށްފަހު އައު ސްޓޭޖެއް ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިގޮތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެ މުއްދަތަކީ 2025 ވަނަ އަހަރު މާރިޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް (ބަންދު ދުވަސްތަކާއެކު) ޖުމުލަ 140 ދުވަސް ކަމުގައި ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ޒަމާނީ ފެންވަރަށް ކާނިވާ ސަރަހައްދު ތަރައްޤީކުރަން މާލޭ ސިޓީ ކައުންސިލުން ނިންމީ މިދިޔަ ޖުލައިމަހުއެވެ.
އަލިމަސް ކާނިވަލަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2004 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުވި ތަނެކެވެ.
މި ލިޔުން ކިޔާލުމުން