މާލޭގައި ހަދާ ދެނަވަ ވަގުފް އިމާރާތް "ދާރުލް އަރުޤަމް" ގެ އަމަލީ މަސައްކަތް ރަމަޟާން މަސްނިމިގެން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނކުފާނު ވަނީ ސޯޝަލް މީޑިއާގައި "ދާރުލް އަރުޤަމް" ގެ ޑިޒައިން ދައްކާލާފައެވެ.
ބާރަ ބުރީގެ މި އިމާރާތަކީ ޒަމާނީ ޑިޒައިނަކަށް ވަރަށް ހިތްގައިމުކޮށް ފެންނާނެ އިމާރާތެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ވަނީ "ދާރުލް އަރުޤަމް" ގެ އިތުރުން ހުޅުމާލޭގައި "ދާރުއްސަލާމް" ގެ ނަމުގައި ވެސް ވަގްފު އިމާރާތެއް އަޅަން ނިންމައިފަ އެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަގްފް އެންމެ އިމާރާތެކެވެ. އެއީ މިނިސްޓަރ ޝަހީމްގެ މިނިސްޓަރުކަމުުގައި 2017 ވަނަ އަހަރު ބިނާކުރި "ދާރުލް އީމާން" އެވެ.އެއީ ނުވަ ބުރީގެ އިމާރާތެކެވެ.
މިނިސްޓްރީން ވަނީ މުޅި ރާއްޖެ އަށް ވަގުފް މަޝްރޫއުޔައް ފުޅާ ކުރަން ނިންމައި، އޭގެ ބައެއް މަޝްރޫއުތަކުގައި ސޮއި ވެސް ކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން