މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ނިޔާޒާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ ބޭނުންފުޅު ވަނީ އެމްޓީޑީސީގެ ޤާބިލުކަން އިތުރަށް ރަނގަޅުކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި އެމްޓީޑީސީގެ ހިއްސާ އިތުރުކުރުން ކަމަށެވެ.
Minister @ThoriqIbrahim meets with the Managing Director of @MtdcPlcTeam Ahmed Niyaz.
Discussions centered around strengthening the role of MTDC in the tourism sector. pic.twitter.com/WDE4Cp97cz
— Ministry of Tourism and Environment (@MoTmv) March 12, 2025
އިއްޔެގެ މި ބައްދަލުވުމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެމްޓީޑީސީގެ މުހިންމުކަން އިތުރުކުރުމާއި، ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްޓީޑީސީން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ހިއްސާއެއް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ އެމްޑީ އަޙްމަދު ނިޔާޒް ވިދާޅުވީ ވަޒީރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރުމަށް އެ ކުންފުނިން ތައްޔާރު ކަމަށެވެ.
މި ބައްދަލުވުމުގައި ދެފަރާތުން އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރުމަށެވެ.
މި ލިޔުން ކިޔާލުމުން