ދުންފަތާއި ނިކޮޓީންގެ ނުރައްކަލުން ސަލާމަތްވެފައިވާ ތަޢުލީމީ މާޙައުލެއް ބިނާކުރުމުގެ މަޤްޞަދުގައި، ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފިއެވެ.
2 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ވޯކްޝޮޕް ގައި އެކި ސްކޫލްތަކުގެ 90 މުވައްޒަފުން ބައިވެރިވެއެވެ.
ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދުންފަތުން އެއްކިބާވެފައިވާ މާޙައުލަކަށް ވަކާލާތުކުރުމާއި، ދަރިވަރުންނަށް ޞިއްޙަތަށް ފައިދާހުރި ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. ވޯކްޝޮޕްގައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ބައިވެރިންނަށް މުހިންމު މުވާޞަލާތީ އަދި ވަކާލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީ، ދުންފަތާއި ނިކޯޓިން އުފެއްދުންތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް އުނގަންނައިދީފައިވެއެވެ. އަދި އިންޓަވެންޝަން ދިނުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށް، ޒުވާނުންގެ މެދުގައި ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ޢަމަލީގޮތުން ބޭނުންކުރެވޭނެ ވަސީލަތްތައް ވަނީ ތަޢާރަފުކޮށްދީފައެވެ.
މި ލިޔުން ކިޔާލުމުން