ފިޠުރު ޢީދުގައި ޗައިނާއަށް ދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ޚާއްޞަ ހޮލިޑޭ ޕެކޭޖުތަކެއް މޯލްޑިވިއަނުން ތަޢާރަފްކޮށްފިއެވެ.
މިގޮތުން މޯލްޑިވިއަނުން ހިންގާ ޓްރެވަލް އެޖެންސީ، މޯލްޑިވިއަން ހޮލިޑޭސް އިން ވަނީ 999 އިން ފެށިގެން 1،230 ޑޮލަރާ ދެމެދުގެ ތިން ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖުތަކުގައި ހިމެނެނީ ރިޓާން ޓިކެޓާއި، 8 ރޭގެ ހުރުން އަދި ހެނދުނު ސައެވެ.
Discover China with Our Special Eid Holiday Packages! 🌟
Contact Maldivian Holidays for exclusive deals and unforgettable experiences! pic.twitter.com/7xKPiOp7ro— MaldivianAero (@MaldivianAero) March 13, 2025
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާގެ ޗެންގްޑޫއަށް ޚާއްޞަ ޕެކޭޖުގެ އަގަކީ މީހަކަށް 999 ޑޮލަރެވެ. އަދި ޝެންހާއީ ޕެކޭޖުގެ އަގަކީ މީހަކަށް 1،155 ޑޮލަރު ކަމަށްވާއިރު، ބެއިޖިންގެ ޕެކޭޖުގެ އަގަކީ މީހަކަށް 1،230 ޑޮލަރެވެ.
ޗައިނާއަށް ޒިޔާރަތްކުރުމަށް ދިވެހީންނަށް ވިސާ ބޭނުން ނުވާތީ، މި ތިން މަންޒިލަށް ދަތުރުކުރުމަށްވެސް ދިވެހީންނަކަށް ވިސާއެއް ބޭނުމެއް ނުވާނެއެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ޗައިނާއަށް ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ހުންނަނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކުލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކުލާސް ގޮނޑިއެވެ.
މި ލިޔުން ކިޔާލުމުން