ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެ މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިރޭގެ ފޯރަމްގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު" މި މަޢުޟޫއަށެވެ.
މި ފޯރަމް އޮންނާނީ މިރޭ 21:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައިވެސް ތަޤުރީރު ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ލިޔުން ކިޔާލުމުން