މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް އިތުރުކުރުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އެއާބަސް އޭ330-200 މަރުކައިގެ މަތިންދާބޯޓެއް ހޯދުމަށް މިދިޔަ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފިއެވެ.
މިގޮތުން އެ ކުންފުނިން މިއަދު ކުރި އިޢުލާނުގައި ވަނީ އޮޕަރޭޓިންގ ލީސް ބޭސިސް އަށް ފަސް އަހަރުގެ މުއްދަތަށް އެއް އެއާބަސް އޭ330-200 މަރުކައިގެ އެއާކްރާފްޓެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އިއުލާނާއެކު އާންމުކޮށްފައިވާ ރިކުއެސްޓް ފޮރ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން މި އެއާކްރާފްޓް މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ. އަދި މި އެއާކްރާފްޓުގައި އިކޮނޮމީ ކްލާހާއި ބިޒްނަސް ކުލާހުގެ ސީޓުތައް ހުންނަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި މަދުވެގެން 20 ބިޒްނަސް ކުލާސް ސީޓު ހުންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިޢުލާނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 14 މާރިޗު 2025 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން