ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އަށް މި ފަހުން ގެނައި އިޞްލާޙުތައް ބާޠިލުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ބަންޑާރަ ނާއިބް އަލްއުސްތާޛު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މައްސަލައިގައި ޖަވާބުދާރީވުމަށް އެ ކޯޓުން ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ޖަވާބުދާރީވެފައި ނުވާ ކަމަށް ބުނެ ބަންޑަރަ ނައިބު އަޙްމަދު އުޝާމްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުގަ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން މިއަދު ވަނީ އެދިފައެވެ.
އެކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނާއިބް ވިދާޅުވީ، ޖަވާބު ދޭންޖެހޭ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން ކަމަށާއި ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް. ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި… https://t.co/9mR2s0Dp5B
— Ahmed Usham (@a_usham) March 6, 2025
ބަންޑާރަ ނާއިބް ވަނީ މި ރަމަޟާން މަހު ފިތުރުނަ ފަސާދަ އުފައްދަން މަސައްކަތް ނުކުރެއްވުމަށް ވެސް ނަސޭހަތްތެރިވެފައެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިގޮތުން އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރައްވައި ޢަލީ ޙުސައިން ހުށަހަޅުއްވާފައި ސިޓީގައި ބުނެފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީ އިޞްލާޙުކުރި މައްސަލައާ ގުޅިގެން 18 ފެބުރުވަރީ 2025 ގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، މި މައްސަލަ މަޢުލޫއީ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައި، މައުލޫއީ ގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ބަންޑާރަނައިބުގެ އޮފީހަށް 10 ދުވަހުގެ ފުރުޞަތެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އެ މުއްދަތު 28 ފެބުރުވަރީ 2025 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން