އުމުރުން ދުވަސްވީ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރަސްމީ ގަޑިތަކުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ކަމަށާއި، ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ދިރާގު ޕޭ އާއި، އެމް ފައިސާ އާއި، ފައިސާ މޮބައިލް އެކްސް އާއި، ބީއެމްއެލް މޯބައިލް އާއި، ފަހިޕޭ އަދި ބަނޑެރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މާލެ ސީޓީ ފިޔަވައި ރަށްރަށުގައި ނަޤުދު ފައިސާއިން ފިޠުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު/ސީޓީ ކައުންސިލުން ކަމަށްވެސް ޒަކާތު ހައުސިން އިން ބުންޏެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
- އާދައިގެ ހަނޑޫ - 12ރ.
- ތައިލެންޑް ހުދު ހަނޑޫ - 62ރ.
- ރަތް ހަނޑޫ - 86ރ.
- ބާސްމަތީ ހަނޑޫ (އާދައިގެ) - 74ރ.
- ބާސްމަތީ ހަނޑޫ (މޮޅު) - 100ރ.
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 133ރ.
- އާދައިގެ ފުށް - 10ރ.
- އާޓާ ފުށް - 75ރ.
މި ލިޔުން ކިޔާލުމުން