އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު 877،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ދައްކައިފި އެވެ.
މިއަދު އާންމުކުރި އެ ފަންޑްގެ މިދިޔަ އަހަރުގެ 2024 ވަނަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ފަންޑަށް އާމްދަނީގެ ގޮތުގައި ލިބުނީ ޖުމްލަ 877،648.49ރ. އެވެ. މީގެ ތެރޭގައި ހިމެނެނީ އައްޑޫ ނޭޗާ ޕާކްގެ ހިދުމަތްތަކުން ލިބުނު 377،648.49ރ. އާއި ގްރީން ފަންޑުން ލިބުނު 500،000ރ. އެވެ.
ނޭޗާ ޕާކްގެ ހިދުމަތްތަކުން ލިބުނު 377،648.49ރ. ލިބިފައިވާއިރު ނޭޗާ ޕާކްގެ މެއިންޓަނަންސާއި އެހެނިހެން ހަރަދުތަކަށް 2024 ގެ ނިޔަލަށް 355،492ރ. ވަނީ ކަރަދުކޮށްފައެވެ.
ނޭޗަރ ޕާރކްގެ މަރާމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ވިޒިޓާރސް ސެންޓަރުގެ ބާރޑް އަޮބްޒާރވައި، ކެނޯ ޖެޓީ، ބެންޗް މަރާމާތު އަދި ބާބަކިއު ސްޓޭޝަން ނިންމުން ހިމެނެއެވެ.
އައްޑޫ ކޮންޒަރވޭޝަން ޓްރަސްޓް ފަންޑްގެ އަހަރީ ރިޕޯޓް 2024https://t.co/qTFO496IEn pic.twitter.com/uTyPfQSc7A
— Addu City Council (@AdduCityCouncil) March 6, 2025
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފަންޑުން ހަރަދު ވާނެ ކަމަށް އަންދާޒާކުރި އަދަދުުތަކަށް ބަލާ އިރު، ނޭޗާ ޕާކްގެ މެއިންޓަނަންސާއި އެހެނިހެން ހަރަދުތަކަށް ހިނގާނެ ކަމަށް ލަފާކުރީ 980،935ރ. އެވެ. ގްރީން ފަންޑުން މިދިޔަ އަހަރު ހަރަދުވީ 299،320ރ. އެވެ.
އެގޮތުން ފަންޑުން މިދިޔަ އަހަރު ޖުމްލަ ހަރަދު ކުރެވުނީ 654،812.50ރ. އެވެ.
އައްޑޫ ކޮންޒަވޭޝަން ޓްރަސްޓް ފަންޑްގެ މިދިޔަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އަހަރު ނިމުނު އިރު، ފަންޑްގައި ބާކީ ހުރީ 1،858،174.36ރ. އެވެ. އެއީ މިދިޔަ އަހަރު ފެށުނު އިރު، ސާޕްލަސްގައި ބާކީ ހުރި 1،635،338.37ރ. އާ އެކީގަ އެވެ.
މިދިޔަ އަހަރު ފެށުނު އިރު ފަންޑްގައި ޖުމްލަ 2،512،986.86ރ. ހުއްޓެވެ. އެއީ 2023 ނިމުނު އިރު ފަންޑްގައި ބާކީ ހުރި 1،273،009.17ރ. އާ އެކީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އަހަރު ނިމުނު އިރު، ގްރީން ފަންޑްގައި ބާކީ ހުރި 362،329.20ރ. އާއި ނޭޗާ ޕާކްގެ ހިދުމަތްތަކުން ލިބުނު 377،648.49ރ. އެވެ.
މި ލިޔުން ކިޔާލުމުން