ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް، އ.ދ ގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންގެ ސަމިޓުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސަމިޓުގައި ވަޒީރު ޠާރިޤް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
މި ލިޔުން ކިޔާލުމުން