މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމެއް ބޭއްވުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.
ޕީއެންސީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ފުރަތަމަ ފޯރަމް 7 މާރިޗު ވާ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ތާރީޚް: 07 މާރޗް 2025
ގަޑި: 21:00
ތަން: ކޮންގްރެސް ހައުސް (ހ.… pic.twitter.com/VTMYC0aHWZ— PNC Secretariat (@pnc_secretariat) March 5, 2025
މިގޮތުން މި ފޯރަމް އޮންނާނީ ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ / އާޓިފިޝަލް ބީޗް ކުރިމަތި) ގައި އެ ރޭ 9:00 ގައި ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
ޕީއެންސީން ވަނީ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ދަޢުވަތު އަރުވައިފައެވެ.
ޕީއެންސީން ބާއްވާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގެ މައުޟޫޢަކީ "ރަމަޟާން މަހާއި ކީރިތި ޤުރުއާން"، މިއެވެ. މި މައުޟޫޢަށް ވާހަކަދައްކަވާނީ އިސްލާމި ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ރޯދަ މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕުރޮގުރާމު ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީއެންސީން ބުނެއެވެ.
މި ލިޔުން ކިޔާލުމުން