އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓް ކެނޑޭ މައްސަލައަށް ހައްލު ހޯދުމަށް ތިންވަނަ ޖަނަރޭޓަރ ފޮވުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކައިން ބުނީ އިތުރު 1.8 މެގަ ވޮޓްގެ ޖަނަރޭޓަރެއް އައްޑޫ ސިޓީ އަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ.
އެހެން ނަމަވެސް އިއްޔެވެސް އައްޑޫސިޓީގެ ގުޅިފައިވާ ބައެއް ރަށްރަށުން ކަރަންޓް ވަނީ ކެނޑިފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވެސް ވެއެވެ.
ފެނަކައިން ބުނަނީ އައްޑޫ ގެ ކަރަންޓް މައްސަލަ ދިމާވެފައިވަނީ ޖަނަރޭޓަރުތައް ރަނަގަޅަށް މަރާމާތުކޮށް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ.
އައްޑޫގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެމުގެ ސަބަބުން ވަރަށް ގިނައިން ކަރަންޓް ކެނޑެއެވެ.
ފެނަކައިން އިތުރަށް ބުނީ، މިހާރު އެ ސިޓީގައި ހުރި އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ޖަނަރޭޓަރު ސެޓުތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭ ކަމަށާއި އެހެންވެ، އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ.
މި ލިޔުން ކިޔާލުމުން