ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ޕޯސްޓު މެދުވެރިކޮށް އިއްޔެ ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ކަމަށެވެ.
ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
🔹ބާވަތް: ކެނެބިސް
🔹ޖުމްލަ ބަރުދަން: 1.070 ކިލޯގްރާމް
🔹ތާރީޚް: 04 މާރިޗް 2025@HomeMinistrymv @CG_Customsmv pic.twitter.com/TxBVNMYzNA
— Maldives Customs Service (@CustomsMv) March 5, 2025
މިގޮތުން އަތުލައިގަތް ކެނަބިސްގެ ބަރުދަނުގައި ޖުމުލަ 1،070 ގުރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިދިޔަ ޑިސެންބަރު މަހުވެސް ކަސްޓަމްސް އިން ވަނީ ރާއްޖެ އައި އިންޑިއާ ރައްޔިތެއްގެ ލަގެޖުން 235 ގުރާމުގެ ކެނަބިސް އަތުލައިގެންފައެވެ.
މި ލިޔުން ކިޔާލުމުން