ކުރީގެ ކުޅުންތެރިންނަށް ޚާއްޞަ ކޮށްގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އެފް.އޭ.އެމް ވެޓެރަންސް ލީގު 2025 ގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މުއިވެޔޮ އެފްސީއާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބައްދަލުކުރި މިއަދުގެ މެޗުގައި މުއިވެޔޮ އެފްސީ ޓީމުގެ ކެޕްޓަން ބޭންޑް އަޅުއްވައިގެން މިއަދު ކުޅުއްވަމުން ގެންދެވީ ނައިބު ރައީސެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ހަތަރު މެޗެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ސްޓެލްކޯ، އީގަލްސް، އަދި ޕޮލީސް ކުލަބާ ދެކޮޅަށް މުއިވެޔޮ އެފްސީގެ ޓީމުން ކުޅެން ތާވަލުކޮށްފައިވާ މެޗުތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމަ ދުވަހު ހަވީރު ފެށި އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ މެޗުތައް މި ފަހަރު ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާގޮތަށް ރޭވިފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން