ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ ހުޅުމާލޭ ފޭސް 2 ނިރޮޅުމަގު މުނި ހޯމްކެއަރ މިސްކިތް ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގވި ސައިކަލަށް ވަނީ ގެއްލުން ވެފައެވެ. އަދި މީހަކު ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރާއި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ފެނެއެވެ.
މި ލިޔުން ކިޔާލުމުން