ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ރެޑްވޭވް މެގަމޯލް ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް މެގަމޯލް ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެން އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް މެގަމޯލް ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެން އެ ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ…
— STELCO (@STELCOMALDIVES) March 2, 2025
އަދި މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް ސްޓެލްކޯއިން ވަނީ މަޢާފަށްވެސް އެދިފައެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށްގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މިއަދު ބުނެފައެވެ.
މިގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި ލިޔުން ކިޔާލުމުން