ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަރަށް ބޮޑުތަނުން ދަށަށްގޮސްފައިވާ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި. އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް… pic.twitter.com/8DoSLqHspk
— STELCO (@STELCOMALDIVES) March 2, 2025
މިގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓުން މަތީގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހޫނުގަދަ މަސްމަހުގައާއި ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު، މި މަސްމަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވާ ކަމުގެ ޝަކުވާތައް ރައްޔިތުން އަބަދުވެސް ކުރެއެވެ. މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުތަކުން މަދުވެގެން %10 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވައިފައެވެ. މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ވަނީ ޑިސްކައުންޓް ދީފައެވެ.
މި ލިޔުން ކިޔާލުމުން