ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވެ ވައިގަދަވާނެ ކަމށް ލަފާކޮށް މޫސުމަށް ސާމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އެދިއްޖެއެވެ.
ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިރޭ 9އެއް ޖަހަންދެން މޫސުމާއިބެހޭ އިދާރާ އިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި ރާއްޖެއަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެއެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.
މި ލިޔުން ކިޔާލުމުން