ނަމާދު ވަގުތާއި ދިމާކޮށް ބާރު ބޮޑުވާ 22 މިސްކިތެއް ފާހަގަކޮށް، އެމިސްކިތްތައް ކައިރީގައި ނަމާދު ވަގުތުގެ 10 މިނިޓު ކުރިން ފެށިގެން ފުލުހުން ހަރަކާތެރިވާނޭ ކަމަށް ފުލުހުން ގެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ނަމާދު ނިމި، ސަރަހައްދުން ޓްރެފިކް ބާރު ކުޑަވަންދެން ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
މިއާއި އެކު ފުލުހުން ވަނީ މިސްކިތަށް ދާއިރު ގެއާ ކައިރި މިސްކިތްތަކަށް ހިނގާފައި ދިއުމަށްވެސް އެދިފައެވެ. އަދި ސައިކަލުގައި މިސްކިތައްދާމީހުންވެސް ވީހާވެސް މީހުންނަށް އުނދަގޫ ނުވާނެހެން ރަނގަޅަށް ޒޯނުގައި ޕާކުކުރަން ފުލުހުން އެދެއެވެ.
ފުލުހުން ބުނީ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ، އެމްއެމްއޭ، ޗާންދަނީ މަގު ފެންޓަސީގެ އިތުރުން ވެލާނާގެ އޮފީސްތައް ހުންނަ ސަރަހައްދާއި ބުރިޖާއި ހައިވޭއަށް ހާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓަމުން ގެންދާނެ ކަމަށާއި ހިލާލީ މަގު، ސޯސަން މަގު، ފަރީދީ މަގު އަދި ޗަންޕާ މަގުގެ ޓްރެފިކް ފްލޯއަށް ބަލާ، ބަދަލު ގެންނަން ޖެހޭނަމަ ބަދަލު ގެންނާނެ ކަމަށެވެ.
ފުލުހުންވަނީ ރޯދަ މަހު އޮފީށް ގަޑިއތަކުގައި ޓްރެފިކް ބޮޑުވާނެތީ ކުރިއާލާ އޮފީހަށް ދިއުމަށް ގެއިން ނިކުތުމަށް ވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން