ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރެއް އަޅަން ކޮލަމާފުށިން 15،000 އަކަފޫޓް ބިން ހަމަޖައްސައިފިއެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން، މަސްވެރިކަމަށް ޚާއްޞަކުރެވިފައިވާ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ އައުޓްރީޗް ކެމްޕަހެއް ގއ. ކޮލަމާފުށީގައި ޤާއިމްކުރުމަށް ނިންމައިފިއެވެ.
ކޮލަމާފުށީ ކައުންސިލުން ބުނީ އެކައުންސިލްގެ އިސްނެގުމާއި އެކު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަށް ހުށަހެޅި ޕްރޮޕޯސަލް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބަލައިގަނެފައިވާތީ އެކަން ފާހަގަކޮށްފައެވެ.
މިދިޔަ ހަފްތާގައި އެމްއެންޔޫ އާއި ކޮލަމާފުށީ ކައުންސިލާއި ދެމެދު ވަނީ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަމަޖެއްސުމުގެ އެއްބަސްބުމުގައި ގއ.ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.
An agreement signing ceremony was held for the handover of land in GA. Kolamaafushi by the Kolamaafushi Council to establish and operate an outreach center under the Fisheries College of the Maldives National University. This initiative marks a significant milestone in advancing… pic.twitter.com/CTWmytjMJ3
— The Maldives National University (@MNUedu) February 25, 2025
15،000 އަކަފޫޓުގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރެވި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށާއި މި މަޝްރޫއެގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ކޮލަމާފުށި އަދި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ކޮލަމާފުއްޓަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަން ކައުސިލުން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ޤައުމީ ޔުނިވަރސިޓީގެ ކޮލެޖެއް ކޮލަމާފުށީގައި ޤާއިމުވެގެންދާނެއެވެ. އަދި މީގެ ސަބަބުން، މަސްވެރިކަމާ ގުޅޭ ތަޢުލީމު ޙާޞިލުކުރުމަށް އެކި ހިސާބުތަކުން ކޮލަމާފުއްޓަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވެ، ކޮލަމާފުށީ ކައުންސިލުން، ފަށާފައިވާ ރަށު ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އެމްއެންޔޫ އިން ބުނީ މިކޮލެޖްގެ ސަބަބުން މުޅި ހުވަދުއަތޮޅަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން