1146 ވަނަ އަހަރުގެ ރަމަޟާން މަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއަރގެ ޚިދުމަތްތައް ފޯރުކޮށްިދނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ ކަސްޓަމަރ ކެއަރގެ އިންފޮމޭޝަން ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް ލިބޭނެ ކަމަށެވެ.
ރަމަޟާންމަހު އެޗްޑީސީ ކަސްޓަމަރ ކެއަރއިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް. #އެޗްޑީސީއާއެކު pic.twitter.com/UPYhQDVhM9
— Housing Development Corporation (@hdcmaldives) February 28, 2025
މީގެ އިތުރުން ފައިނޭންސް ކައުންޓަރުން ޚިދުމަތް ފޯރުކޮށްިދނުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އަށެވެ.
އެޗްޑީސީން ބުނީ ރަމަޟާން މަހު އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. ނަމަވެސް، ކޮންމެ ދުވަހެއްގެ 18:00 އިން 19:00 އަށް އަދި 12:00 އިން 13:00 އަށް ކޯލް ސެންޓަރު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ލިޔުން ކިޔާލުމުން