އުތުރު ތިލަފަޅު ހިއްކަން ފަށައި މިއަހަރުތެރޭ ބޯހިޔާވަހިކަމުގެ މަޝަރޫއުތައް ހިންގާން ފަށާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ފާލަން އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެގޮތުން އުތުރު ތިލަފަޅުން 200 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކާ ބޯހިޔާވަހިކަމުގެ މަޝްރޢޫއުތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ރޭ ވެސް ވިދާޅުވީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅުގައި އެތައްހާސް ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ސީދާ މާލޭގަވެސް ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދަނ ވަނީ ނިންމާފައި.އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރިން.މާލޭގަ، ވިލިމާލެގަ، ގުޅިފަޅުގައި މިއަހަރުތެރޭ އަމަލީގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.އެ މަޝްރޢޫތައް ނިމިގެންދާއިރުގަ މާލެއިން ސޯޝަލް ހައުސިން ޔުނިޓް ފޯރުކޮށްދިނުމުގައިވެސް މަގުއެބަފަހިވޭ.އަދި ވިލިމާލޭގައި ވެސް އަދި ހުޅުމާލޭގަ ވެސް. އިރާދަކުރެއްވިއްޔާ މިއަހަރު މަސައްކަތްތައް ފެށޭނެ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އަދި ގިރާވަރު ފަޅާއި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރާ ރަސްމާލޭގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ވެސް އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން ނިންމާވާފައިވެ އެވެ.
ރައީސް ނިންމަވާފައި އޮތީ މިދިޔަ ސަރުކާރުގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅާއި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅައި ގުޅާލުމަށެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު މަޝްވަރާކޮށް، މިހާރު ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން