ހއ. އިހަވަންދޫގައި އަންހެނުނަށް ޚާއްޞަ ފިނިމައިޒާނެއް ހެދުމަށް އެތަނުގެ ބިންގާ އަޅައިފިއެވެ.
އިހަވަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެގައި އެ މައިޒާނުގެ މި ބިންގާ އެޅުއްވީ މިހާރު އިހަވަންދޫ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެވެ.
" ފުއްޓަރު އުފާ" ގެ ނަމުގައި އިހަވަންދޫގައި ހަދާ މި މައިޒާނަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނެކެވެ. އެ ކަމަނާ މި ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ރަށު އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ބައްލަވައިލައްވާފައެވެ.
މި ލިޔުން ކިޔާލުމުން